ކެލާ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 165 ވަނަ އާންމު ބައްދަލުވުން -08-01-2025

ޖަލްސާގެ ކުރެވުނު މަސަތްކަތްތައް

1. ކެލާ ކައުންސިލްގެ 4 ވަނަ ދައުރުގެ 165 ވަނަ އާންމު ބައްދަލުވުމުގެ އެޖެންޑާ ފާސްކުރުން. 2. ކެލާ ކައުންސިލްގެ 4 ވަނަ ދައުރުގެ 163 އަދި 164 ވަނަ އާންމު ބައްދަލުވުމުގެ ޔައުމިއްޔާ ފާސްކުރުން. 3. ކައުންސިލްގެ ރައީސް ޢަބްދުﷲ އިންފާޒް ގެ އަހަރީ ޗުއްޓީއާއި ގުޅޭގޮތުން މަޝްވަރާކޮށް ގޮތް ނިންމުން. 4. ދަނޑުބިމަށް ކަރަންޓްލުމަށް ދަނބުގަސްގޯޅިއާއި އަމީނީމަގާ މެދަށްވާގޮތަށް އޮތް ހުސްބިމުން ކޭބަލް ގެންދިއުމާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތް ނިންމުން. 5. 2025 ވަނަ އަހަރުގެ ކައުންސިލްގެ ބަޖެޓް ފާސްކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށް ގޮތް ނިންމުން 6. 2024 ވަނަ އަހަރު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ތަފްސީލް ރިޕޯޓް ފާސްކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށް ގޮތް ނިންމުން. 7. ކުދި ޖަނަވާރު ގެންގުޅުމަށް ބިން ދޫކުރުމާގުޅޭ އުޞޫލާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށްފަހު ގޮތް ނިންމުން 8. ދަނޑުބިމުގެ ސަރަހައްދުން އަލަ ކޯރު ކޮނުމަށް ބިން ދޫކުރުމާއި ފަތްކެޔޮ އިންދާ ހެއްދުން އަދި ދަނޑުވެރިކަން ކުރުމަށްޓަކައި ދިގު މުއްދަތައް ބިން ދޫކުރުމުގައި އަމަލުކުރާނެ އުޞޫލަށް ދަނޑުބިން ކޮމިޓީން ހުށަހަޅާފައިވާ އިސްލާހު ފާސްކުރުމާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތް ނިންމުން.

ގުޅުންހުރި ޑޮކިޔުމެންޓްތައް