ކެލާ ކައުންސިލް
ކައުންސިލްގެ ތަޞައްވަރު
އުފާވެރި، ފާގަތި، ރީތި ކެލައެއް
ކައުންސިލްގެ އަމާޒު
ކެލައަކީ ދެމެހެއްޓެނިވި ތަރައްގީއަށް ބޭނުންވާ ރައްވެހިކަމުގެ ހިދުމަތްތަށް ޒިންމާދާރު ކަމާއިއެކު ފުރިހަމަށް ލިބޭ، ދިރުއުޅުމަށް ތަފާތުއެކި މަސައްކަތްތަށް ކުރުމާއި، އުނގެނުމާއި ވިޔަފާރިތަކަށް ފަހި ފުރުސަތުތަކެއް އޮތް، އެންމެނަށް ރައްކާތެރިކަން ލިބިދޭ ވެއްޓެއް ގާއިމް ވެފައިވާ އިޖުތިމާއި ފޭރަހެޔޮ އެކުވެރި އެއްބައެއްވަންތަ ބަޔަކަށް ރައްޔިތަކު ދިރިއުޅޭ ރަށަކަށް ހެދުމާއި ރަށުގެ ރައްޔިތުންނާއި ރަށަށް ޒިޔާރަތްކުރާ އެންމެހައި މެހުމާނުންގެ ހިތްތަކަށް އުފާވެރިކަން ގެނުވާފަދަ ރީތި ރަށަކަށް ހެދުން.
ތަޢާރަފް
ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ޤާނޫނީ ޝަޚުސެކެވެ. މިކައުންސިލްގައި ކެލާގެ ރައްޔިތުންގެ ވޯޓަކުން އިންތިޚާބުކޮށްފައިތިބި 5 ކައުންސިލަރުން ތިއްބަވައެވެ. އަދި ކައުންސިލުން ނިންމާ ނިންމުންތައް ތަންފީޒުކުރުމަށްޓަކައި ސިވިލްސަރވިސްގެ މުވައްޒަފުން ހިމެނޭގޮތަށް ކައުންސިލްގެ އިދާރާއެއްވަނީ ގާއިމްކޮށްފައެވެ. މިއިދާރާގެ ޚިދުމަތްތައް އަމާޒުކުރެވިފައިވާނީ ކެލާގެ ރައްޔިތުންނަށެވެ.
ކައުންސިލުންދޭ ޚިދުމަތްތައް
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ކެލާ ކައުންސިލްގެ ފަރާތުން ރައްޔިތުންނަށް ގިނަ ޚިދުމަތްތަކެއް ދިނުމަށްވަނީ ލާޒިމްކޮށްފައިވެއެވެ. މިގޮތުން ދުވަހުން ދުވަހަށް ރަށް ހިންގުމަށް ބޭނުންވާ ޤަވާއިދުތަކާއި އުޞޫލުތައް ކަނޑައަޅައި ރައްޔިތުންގެ ނަމުގައި ނިންމަން ޖެހޭ ނިންމުންތައް ނިންމާ ރަށުގެ އިޖުތިމާޢީ އެކިއެކި ތަންތަނާއި ސަރަހައްދުތައް ބެލެހެއްޓުމާއި އެހެން މުޢައްސަކާތަކަށް އެހީތެރިވުން ހިމެނެއެވެ.
އަދި ރަށް ތަރައްޤީ ކުރުމުގެ ގޮތުން ރަށުފެންވަރުގެ ތަރައްޤީގެ ޕްލޭންއެއް އެކުލަވާލައި އެ ޕްލޭން ތަންފީޒުކުރުމަށްޓަކައި ކައުންސިލުންނާއި ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތިން ތަރައްޤީގެ މަޝްރޫޢުތައް ހިންގާ އެކަންކަމާއި ގުޅޭގޮތުން ޖަވާބުދާރީވުމަކީ ކައުންސިލްގެ ޒިންމާއެކެވެ.
އަދި ހަމައެއާއިއެކު ރަށުގެ ރަށްޔިތުންނަށް ބޭނުންވާ ރަށްވެހިކަމުގެ ޚިދުމަތްތައް ފޯރުކޮށްދިނުމާއި އަސާސީ ޚިދުމަތްތައް ކަމަށްވާ ކަރަންޓާއި ފެނާއި ނަރުދަމާ ހިމެނޭގޮތުން ރަށްވެހިކަމުގެ އެހެނިހެން ތަފާތު 25 ޚިދުމަތެއް ލާމަރުކަޒީ ޤާނޫނުން ކައުންސިލާއި ހަވާލުކޮށްފައިވެއެވެ.
ލާމަރުކަޒީ ގާނޫނާއި ، މާލިއްޔަތު ޤަވާއިދާއި އެއްގޮތަށް ދައުލަތުގެ ފައިސާއާއި މުދާ ބަލަހައްޓައި ފައިސާގެ ކަންކަމާއި ގުޅޭގޮތުން ރައްޔިތުންނަށާއި ސަރުކާރުގެ މުޢައްސަސާތަކަށް ޖަވާބުދާރީވުމަކީ ކައުންސިލާއި ހަވާލުވެފައިވާ މަސްއޫލިއްޔަތެކެވެ.
ކައުންސިލުގެ ތަރައްޤީގެ ޕްލޭނުން ޙާޞިލްވާ މިންވަރު ރައްޔިތުންނަށް ޙިއްޞާ ކުރުމުގެ ގޮތުން ރައްޔިތުންގެ ބައްދަލުވުންތައް ބޭއްވުމާއި ކައުންސިލްގެ މަސައްކަތު ތާވަލާއި ބަޖެޓާއި ތަރައްޤީގެ ޕްލޭން ރައްޔިތުންނާއި ޙިއްޞާކޮށް ތަރައްޤީގައި ރައްޔިތުންގެ ބައިވެރިވުން އިތުރު ކުރުމަކީވެސް ކައުންސިލްގެ ޒިންމާއެކެވެ.
އިދާރާގެ މަސައްކަތްތައް ބަހާލެވިފައިވާގޮތް
ކައުންސިލް އިދާރާގެ މަސައްކަތްތައް ބަހާލެވިފައިވަނީ މައިގަނޑު 3 ޔުނިޓަކަށެވެ. އެއީ ކޯޕަރޭޓް އެފެއާޒް ޔުނިޓް، އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޔުނިޓް އަދި މުނިސިޕަލް އެންޑް އިންފްރާންސްޓްރަކްޗަރ މެނޭޖްމަންޓް ޔުނިޓެވެ. މިއިން ކޮންމެ ޔުނިޓެއްގައިވެސް މައިގަނޑު މަސައްކަތްތައް ކުރަމުންދާނީ ސިވިލްސަރވިސް މުވައްޒަފުންނެވެ.
ކޮމިޓީތައް
ލިބެކިބުންތައް ބެލެހެއްޓުމުގައި ނަމަލުކުރާ ގޮތް
1 ފޯމް, ސިޓީ, އީމެއިލް, ފޯން
2 ހުށައެޅޭ ލިޔެކިޔުންތަކުގެ ރަޝީދު ހަވާލު ކުރުން
3 އެންޓްރީ ޕްރޮސެސް ފުރިހަމަ ކުރުން
4 ކަމާއި ގުޅޭ ސެކްޝަންއަށް ލިޔެކިޔުން ހަވާލު ކުރުން
5 ސެކްޝަންގެ ވެރިޔާގެ މަޝްވަރާގެ މަތިން ލިޔެކިޔުމަށް އިޖާބަ ދިނުން
6 ހުށައެޅުނު ލިޔެކިޔުމާއި ޖަވާބް ސްކޭންކޮށް ފައިލް ކުރުން