Kelaa Council

ހއ. ކެލާ

އާބާދީ (ކުމްލަ)2,150
މީހުން ދިރިއުޅުލުން ގޭގެ އަދަދު480
ހެކްޓަރު176
ވިއަފާރިތައް32
ފިހާރަ11

ތިލަދުންމަތީ އުތުރުބުރީ ކެލާ އަކީ ރާއްޖެއިން އިރު އުތުރުގައިވާ ރަށެކެވެ. ރަށުގެ ބޮޑު މިނަކީ 213 ހެކްޓަރ، ދިގުމިނުގައި 4.888 ކިލޯމީޓަރ އަދި ފުޅާމިނުގައި 1.227 ކިލޯމީޓަރ އެވެ. އަދި މިރަށަށް ދީފައިވާ އިނގިރޭސި އަކުރަކީ A-08 އެވެ.

ތިލަދުންމަތީ އުތުރުބުރީ ކެލާ އަކީ ހއ. އަތޮޅުގައި އާބާދީގެ ގޮތުން ހަތަރުވަނައަށް އެންމެ އާބާދީ ބޮޑު ރަށެވެ.

ހއ. އަތޮޅުގެ އަދި ރާއްޖޭގެ އެންމެ އުތުރަށް އޮންނަ ރަށްތަކުގެ ތެރެއިންވާ ކެލައަކީ އަދި ބިން ހިއްކާފައިވާ ރަށެއްނޫނެވެ. އަދި ހއ. ކެލާއަކީ ވަށައިގެން ފަޅު އޮންނަ ރާއްޖޭގެ އެންމެ ރީތި ދޮންވެލި ގޮނޑުދޮށުގެ ލަގަބު އެކި ފަހަރުމަތިން ހާސިލްކޮށްފައިވާ ރަށެކެވެ.

ތައުލީމީ ދާއިރާއަށް ބަލާއިރު މިރަށުގައި ގްރޭޑް 1 ން ފެށިގެން 10 އާއި ހަމައަށް ކިޔަވައިދޭ 01 ސްކޫލް

ހުރެއެވެ. މީގެ އިތުރުން ތުއްތުކުދިންނަށް ތައުލީމު ފޯރުކޮށްދިނުމަށްޓަކައި ކެލާ ލިލީ ޕްރީސްކޫލް ނަމުގައި ޕްރީސްކޫލް ގެ ހިދުމަތްވެސް

އަންނަނީ ކައުންސިލުން ފޯރުކޮށްދެމުންނެވެ. މި ސްކޫލްގައި ނާސަރީ އަދި ބޭބީ ނާސަރީ ގްރޭޑަށް ކިޔަވައި ދެމުން ގެންދެއެވެ. އަދި ސިއްހީ ހިދުމަތް ދިނުމަށްޓަކައި ސިއްޙީ މަރުކަޒެއްވެސް ވަނީ ޤާއިމް ކުރެވިފައެވެ.

މިރަށުގެ ރައްޔިތުންގެ ތެރެއިން އެންމެ ގިނަބަޔަކު އާމްދަނީ ހޯދުމަށް ކުރާ މަސައްކަތަކީ ވަޒީފާ އަދާކުރުމާއި ދަނޑުވެރިކަމާއި ފަންގިވިނުމުގެ މަސައްކަތެވެ. މީގެ އިތުރުން ޢިމާރާތްކުރުމުގެ މަސައްކަތާއި، ސަރުކާރު ވަޒީފާ އަދާކުރުމާއި، ފަތުރުވެރިކަމުގެ ދާއިރާގައިވެސް އާމްދަނީ ހޯދުމުގެ ގޮތުން ރަށުގެ ގިނަ ޢަދަދެއްގެ ޒުވާނުން ދަނީ މަސައްކަތް ކުރަމުންނެވެ.

ޑައިރެކްޓަރީ

އާންމު ހިދުމަތް6500112ފާރުމަސީPharmacy
އާންމު ހިދުމަތް6500028އ. ތ. މ ކޮމިޓީWDC Office
އާންމު ހިދުމަތް6500027ކުނި ތަންWaste Site